ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް ޖުޑީޝަލް ސާވިސް (ޖޭއެސްސީ) ގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ. ި
ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒު ހުށަހަޅުއްވާފައިވާ މައްސަލަ އެ ކޯޓުން ވަކިގޮތަކަށް ނިންމަންދެން ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ.
ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރާއި ވަކީލް ހަސަން ފިޔާޒު ހުށަހެޅި އެ މައްސަލައިގައި ވަނީ ފަނޑިޔާރުން ނެގުމާ ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލި އުސޫލު ބާތިލްކުރުމަށް އެދިފަ އެވެ. ހައި ކޯޓުން ވަނީ މީގެކުރިން އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ވެސް ނިންމާލާފަ އެވެ.
ކޯޓުގެ މި އަމުރާ ގުޅިގެން ޖޭއެސްސީން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ނަމަވެސް ކޯޓުގެ އަމުރާ ގުޅިގެން އެކަން ފަސްކޮށްފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވަނީ ނުވަ ބޭފުޅަކު ކުރިމަތިލައްވައިފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ސިވިލް ކޯޓުގެ ގާޒީން ކަމަށްވާ އައިޝާ ޝުޖޫން މުހައްމަދާއި ހުސައިން މަޒީދާއި މަރިޔަމް ނިހާޔަތާއި އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ ހަސަން އަލީ އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ