އިލެކްޝަންސް ކޮމިޝަން އިން އެމްޑީޕީ އިން ބުނާ ކަންތައްތައް ފުރިހަމަ ނުކޮށްފި ނަމަ 2018ގެ ރިޔާސީ އިންތިޙާބުގައި އެޕާޓީ އިން ބައިވެރި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
“އަވަ އެންނޭ، އެކަނިއަސް އެންނޭ” ނަމުގައި އެމްޑީޕީން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ އިން ނަމެއްގައި އިންތިޙާބުގައި ބައިވެރި ނުވާނެ ކަމަށާއި އެމްޑީޕީ އިން ބުނާ ކަންތައްތަކެއް ފުރިހަމަ ނުކޮށް އިންތިޙާބު ބޭއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އަލީ ވަޙީދު ވިދާޅުވީ މިފަހަރު އިންތިޙާބު ބާއްވަން ޖެހޭނީ ކުރިން ތާރީޙް އިއުލާން ކުރެވިގެން ތާރީޙް ބަދަލު ނުކުރެވޭނެ ގޮތައް ކަމަށާއި ގައިޑްލައިން އާއި އެއްޗެހި ހަދައިގެން އިލެކްޝަން ކޮމިޝަން ތެރެއަށް ޕީޕީއެމް މުވައްޒަފުން ލައިގެން ކޮމިޝަނުން ގަންނަ ގަނޑު އެމްޑީޕީ އަށް އެނގޭ ކަމަށެވެ.
އަދި އެ އިންތިހާބަކީ ލިސްޓު އޮޅުވާނުލެވޭ "ހަލާލު" އިންތިހާބަކަށް ވާން ޖެހޭނެ ކަމަށް ވެސް އަލީ ވަހީދު މިރޭ ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށާއި އެގޮތުން ވަގު އައިޑީ ކާޑު ބޭނުންކުރުމުގެ އިތުރަށް ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދިޔައިރު ޕީޕީއެމް ކޮޅަށް ބުރަވާ ގޮތަށް ކަންކަން ކުރިއަށްދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށާއި ސަރުކާރަށް، ދިވެހި ދައުލަތަށް ދަންނަވާލަން ބޭނުންވަނީ ޑެސްޕަރޭޓް އިންތިހާބަކަށް އެމްޑީޕީއެއް ނުދާނެ، އެމްޑީޕީ ގައުމީ މަޖިލީހުން ނިންމާހާ ހިނދަކު ނޫނީ އަޅުގަނޑުގެ ޗެއާޕާސަންގެ ދަށުގައި، އަޅުގަނޑުމެން ހަމަ ވާނެ އެއްޗެއް ވާނެ އިންތިހާބަށް ކުރިމަތިލާކަށް އަޅުގަނޑުމެން ނުދާނަން." އަލީ ވަހީދު ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނަށް ވެސް ދަންނަވާލަން ބޭނުންވަނީ ތިޔަބޭފުޅުން ތިޔަތަނުގައި ގަންނަ ގަނޑު އެބަ އެނގެއޭ، ފާޑެއްގެ ގައިޑްލައިނެއް ހަދައިގެން ހުސް ޕީޕީއެމް މުވައްޒަފުން ލައިގެން ފުއާދު ތައުފީގު (އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް) މެންނާއި އެންމެން ގޭގައި ބައިތިއްބައިގެން ކޮން އިންތިހާބަކަށްތޯ ތި ތައްޔާރުވަނީ؟ އަޅުގަނޑުމެން ވާދައެއް ނުކުރާނެ،" އަލީ ވަހީދު އިތުރަށް ވިދާޅުވިއެވެ.
2018 ގެ ރިޔާސީ އިންތިޙާބުގައި ބައިވެރިނުވާނެ ކަމުގެ އިޝާރާތެއް އެމްޑީޕީ އިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ