ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ބާއްވައިފި

ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު މިއަދު ބާއްވައިފިއެވެ.
މިއަދު ޙަމަދު ބިން ޙަލީފާ އަލްސާނީ ސްކޫލުގައި ބޭއްވި މި ހަވީރު ހުޅުއްވައިދެއްވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ޢަބްދުލް ޙަންނާންއެވެ.
ފުލުހުން ހާމަކުރާގޮތުގައި ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ކުޑަކުދިންގެ ހަވީރުގައި ލ. އަތޮޅުގެ އެކި ސްކޫލުތަކުންނާއި މުއައްސަސާތަކުން ބައިވެރިވެފައިވާއިރު މި ހަވީރުގައި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެގޮތަށް ސްޓޯލްތައް ތައްޔާރުކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ ސައިކަލުގައި ފޮޓޯ ނެގުމާއި ސިފައިންގެ ސްޓޯލެއްގެ އިތުރުން ފޭސް ޕެއިންޓިންގ އާއި ބައިކަލް ދުއްވުމާއި ސްނޭކް އެންޑް ލެޑަރ އާއި ކުލަޖެއްސުމާއި ބޯލިންގފަދަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެއިތުރުން މި ހަވީރުގައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުހުންހުރި މަޢުލޫމާތު ދިނުމާއި އެލައިޑް އިންސްއަރެންސްގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސްޓޯލް ތައްޔާރުކޮށް އެސްޓޯލުތަކުން ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދީ އެކި މަޢުލޫމާތު ހިމެނޭ ލުއި ފޮތްތައް ބަހާފައިވާ ކަމަށާއި އަދި މިހަވީރުގައި ވަނީ ލ. އަތޮޅުގެ އެކި ޕްރީ ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މިހަވީރަށް އާއްމު ރައްޔިތުން ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު މި ހަވީރު ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި އާއިލާގެ މެމްބަރުން ބައިވެރިވެފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ