އިތުރު 6 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 226 އަށް!

ރާއްޖެއިން ކޮވިޑް 19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
 
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
 
މާލޭގައި ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާއި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނިވެސް 73 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުންވަނީ އާއްމުކޮށްފައެވެ.
 
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުންވެސް މި ބައްޔަށް މީހުން ޕޮޒިޓިވްވެފައިވާކަން ސަރުކާރުންވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ހއ. އުލިގަމަށް ދަތުރުކުރި މީހަކާއި ށ. ނަރުދޫއަށް ދަތުރުކުރި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ