ފައިސާ އާއި ފޯނަކާއެކު ފަތުރުވެރިއެއްގެ އަތްްދަބަސް ފޭރިގެންފި

ޗައިނާ އަންހެން ފަތުރުވެރިއެއްގެ އަތްދަބަސް މާލެއިން ފޭރިގަނެގެން ބަޔަކު ފިލިލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާފަންނު މިރިޔަސް މަގުގައި މިއަދު ހެނދުނު ހިންގި ފޭރުމުގެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 11:40 އެހަކަންހާއިރު ކަމަށެވެ. ނަމަވެސް އެ މައްސަލާގެ ތުހުމަތުގައި މިހާތަނާށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ. "ސައިކަލެއްގައި އައި ދެ މީހަކު އައިސް އަތް ދަބަސް ފޭރިގަނެގެން ދިޔަ ކަމަށް ރިޕޯޓްކޮށްފައި އިނީ،" އޮފިޝަލް ވިދާޅުވި އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ފަތުރު ވެރިޔާގެ އަތްދަބަހުން ގެއްލިފައިވަނީ އޭނާގެ ވިސާ ކާޑާއި ޗައިނާގެ ޔުވާންތަކަކާއި ޑޮލަަރުތަކެއްގެ އިތުރުން އޭނާގެ ފޯނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ