އައްޑޫ އޮޕަރޭޝަން: ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ފަސް މީހަކު ކޯޓުން ދޫކޮށްލައިފި
ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީން މިމަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފަސް މީހަކު ކޯޓުން ދޫކޮށްލައިފި އެެވެ. ފުލުހުން އޮޕަރޭޝަންގައި މިދިޔަ މަހު 15 ވަނަ ދުވަހު އަށް މީހަކު އައްޑޫ ސީޓީން ހައްޔަރު ކުރި އެވެ. މީގެ ކުރިން 15 ދުވަސް އެމީހުންގެ ބައްދަށް ޖަހާފައިވެ އެވެ. ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަަށް މިއަދު ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ، އެ މީހުން ކޯޓުން ދޫކޮށްލި ނަމަވެސް އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން ފުލުހުން ހަތިޔާރާއެކު އޮޕަރޭޝަންތަކެއް ހިންގި އެވެ. ނަޝީދު ދިރިއުޅުއްވާ ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މިހާރު ޖަރުމަނުގައި އިތުރު ފަރުވާ ރައީސް ނަޝީދު ހޯއްދަމުންދާއިރު، އެ މައްސަލައިގައި ތިންު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ