ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ހިންގި އެންޓި-ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
މި ތިން މީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ބަންދުން ދޫކޮށްލިކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނިގޮތުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅުންހުރި މީހަކު ބަންދުން ދޫކޮށްފައެއް ނުވެއެވެ.
ނަމަވެސް ބަންދުން ދޫކޮށްފައިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ބަޔަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މީހުން ބަންދުން ދޫކޮށްލުމަށް ފެންނަކަމަށް އަމުރުކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސަޢީދެވެ. މި މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
ފުލުހުން ހިންގި އެންޓި-ޓެރަރިޒަަމް އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ