ޢުމުރުން ކިތަންމެ ދޮށި ނަމަވެސް ތަޖްވީދުމަގުން ކިޔަވަން ދަސްކުރަން ލަދުނުގަންނާށެވެ! ނަމާދު ފުރިހަމަ ނުވެ ސަލާމަތްކަމެއް ނެތެވެ!: މުފްތީ މެންކް

މިތާ އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 
"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމަކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ. 
ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ 
"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު) އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ. 
އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. 
ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ. ވީމާ އުމުރުން ކިތަންމެ ދޮށިވެފައިހުރިނަމަވެސް ޤާރީން ގާތަށް ގޮސްގެން ނަމަވެސް، ރެކޯޑިންގ އަޑުއަހައިގެން ނަމަވެސް ތަޖުވީދުމަގުން އަލްޙަމްދުކިޔަން ދަސްކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ