އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މައުމޫން މިހެން ވިދާޅުވެފައިމިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ރައީސް ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައި ވަނިކޮށެވެ.
ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުންނާއި އަދި ރައްޔިތުންގެ ލޯތްބާއެކު 2023 ހުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރައްވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށް ޣައްސާން ވިދާޅުވިއިރު ރައީސް މައުމޫން މިކަމާ ގުޅޭގޮތުން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭނެ ކަމެއްކަމަށެވެ.
އެގޮތުން ޔާމީން އަކީވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އަދި ފުރުސަތުވެސް ދެވިގެން ނުވާނެކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގަ ރައީސް ޔާމީން ވާދަކުރައްވާނީ މައުސޫމުކަން ސާބިތުވެގެން: ޣައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ