ލީކުވެގެން އުޅޭ އޯޑިއޯގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ޖެހޭ: ވަކީލުންގެ ޓީމްް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ފަނޑިޔާރުންނަށް ބިރުދައްކައިގެން ކޮށްފައިވާ ހުކުމެއް ކަމަށް ދޭހަވާ ގޮތަށްް ފަނޑިޔާރުންގެ ޓީމުގައި ހިމެނިވަޑައިގަންްނަވާ ހުސައިން ފިޔާޒް ވާޙަކަދެއްކެވި އޯޑިއޯގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންްގެ ޓީމުން ގޮވާލައިފިއެވެ.
މިއޯޑިއޯ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަ ދައްކަވަމުން އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މިހާރު ދައުރުވަމުންދާ އޯޑިއޯތަކުގެ އަލީގައި ސުޕްރީމް ކޯޓުންް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. 
ކޯޓުތަކާ ބެހޭ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި ދިވެހި ރާއްޖޭގެ އަދުލު އިންސާފްް ގާއިމްކުރުމުގެ އެންްމެ މަތީ ބާރަކީ ނުވަތަ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްްރީމް ކޯޓުކަމަށް ބުނާ ކަމަށާއި، މިއަދު ފެންްމަތިވެފައިވާ މައްސަލައަކީ ކުޑަ މައްސަލައެއް ކަމަށް އެއްވެސް ބަޔަކު ދެކެގެން ނުވާނެ ކަމަށްް ޑރ. ޖަމީލް ވިދާޅުވިއެވެ. 
މައްސަލައަކީ ކޮންމެހެން ރައީސް އަބްދުﷲ ޔާމީނަށްް ދިމާވި މައްސަލައަކަށް ވުމެއްް ނޫން ކަމަށް ޑރ ޖަމީލްް ވިދާޅުވިއެވެ. މައްސަލައަކީ ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ނިޒާމެއްގެ ކަށަވަރުކުރުމަށް ރައްޔިތުންް އެތައް ޓެކްސް ފައިސާއެއް ހޭދަކޮށްގެން ބައިތިއްބާ ބަޔަކަށް ވާއިރު، ގާނޫނު އަސާސީގެ 143 ވަނަަ މާއްދާގައި ބުނާ ގޮތުގެ މަތިން މިނިވަން މުސްތަގިއްްލު ޝަރުއީ ނިޒާމެއް ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާނުކުރެވުން ކަމަށެވެ.  
އަދި މިއީ މިހާތަނަށް ސުޕްްރީމްް ކޯޓަށް ދިމާވި އެންމެ ބޮޑު އިމްތިހާނު ކަމަށާއި، އިމްތިހާނަކީ ލީކުވެގެން އުޅޭ ހުރިހާ އޯޑިއޯތަކެއްގެ އަލީގައި ސުޕްރީމް ކޯޓަކީ އިންސާފް ގާއިމްކުރުމުގެ އެންމެ މަތީ ބާރު ކަމަށް ވާއިރު ކޯޓުގެ މަސްޫލިއްޔަތު އަދާކުރުމަށް އަޅާ ފިޔަވަޅު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. 
ފޮޓޯ: ވަގުތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ