މެމްބަރު ރިޒާގެ ލޯފާމަށް ފައިސާ ދިން ލިޔުންތައް ލީކްވުމުން އެމްޕީއެލްގެ ވަކީލް ގެއަށް ފޮނުވާލައިފި

ރައްޔިތުން މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ލޯފާމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2.9 މިލިއަން ރުފިޔާ ދެއްކި ކަމަށް ބުނާ ލިޔެ ކިޔުންތަކެއް ލީކް ކޮށްލި ކަމުގެ ތުހުމަތުގައި އެމްޕީއެލްގެ އެންމެ އިސް ގާނޫނީ ވަކީލު ހާމިދު އަހްމަދު ގެއަށް ފޮނުވާލައިފި އެވެ.
ހާމިދު ގެއަށް ފޮނުވާލި މައްސަލާގައި ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ތަނުގައި ހެދިފައިވާ ގަވާއިދު ތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލުނުކުރާ މުވައްޒަފުން ގެއަށް ފޮނުވާލަން ޖެހޭނަމަ އެ މުވައްޒަފެއް ގެއަށް ފޮނުވާލާނެ ކަމަށެވެ. ނަމަވެސް އެމްޕީއެލްގެ ވަކީލް ހާމިދު ސަސްޕެންޑް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޖުނައިދު ދޮގުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ