ދެކުނު ކޮރެއާ ގައި ސުކޫލުތައް ހުޅުވުމުން ކޮވިޑް ގެ ކޭސްތައް ގިނަވެ އަނެއްކާވެސްް ސުކޫލުތައް ބަންދުކުރަން ޖެހިއްޖެ

ކޮވިޑް19 ގެ ކޭސްތައް ގިނަވެ ދެކުނު ކޮރެއާގެ ސުކޫލުތަކާއި، މައުރަޒުތައް އަނެއްކާ ވެސް ބަންދުކުރަން ޖެހިއްޖެއެވެ.
އެގޮތުން ފާއިުތވި ތިން ދުވަހުގެ ތެރޭގައި 170 އަށް ވުރެ ގިނަ ކޭސް ވަނީ އެގައުމުން ރިޕޯޓުކުރެވިފައެވެ. އެގޮތުން ހުކުރު ދުވަހު އެކަނި ވެސް ވަނީ 58 ކޭސް ރިޕޯޓުކޮށްފައިވާިއރު ބުރާސްފަތި ދުވަހު އެކަނި ވެސް 78 ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ.
މިއީ 50 ދުވަހަށް ފަހު އެގައުމުގައި ކޭސްތައް މިހާ އިތުރުވި ފަހަރެވެ.
އެއާއެކު ލޮކްޑައުން އަށް ލުއި ދިނުމުން ހުޅުވި 250 ވުރެ ގިނަ ސުކޫލު ވަނީ އަލުން ބަންދު ކުރަން އަންގާފައެވެ.
އެގައުމުގައި އެއް އިއުލާނު ކުރި އެއް މަހުގެ ލޮކްޑައުން ނިމިފައިވަނީ 6 މޭގައެވެ. އެއަށް ފަހު އެގައުމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދެމުންނެވެ.
ދެކުނު ކޮރެއާ އިން މިހާތަނަށް 11,402 މީހަކަށް ވައިރަސް ޖެހިފައިވާއިރު 269 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ