ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)ގެ ކައިވެނި ޕާޓީއަށް ފަހު، ސަޕްރައިޒެއްގެ ގޮތުގައި މިނިސްޓަރުން އޭނާ ސްވިމިން ޕޫލަށް ވައްޓާލައްވައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ހޮޓަލް ޖެންގައި ބޭއްވި ކައިވެނި ހަފްލާއަށްފަހު، ސަރުކާރުގެ ވަޒީރުންތަކެއް، ޝާޑު އުފުއްލާލައިގެންގޮސް ޕޫލްތެރެޔަށް ވައްޓާލާތަން ފެނެއެވެ. ޝާޑު އުފުއްލާލައްވައިގެން ގޮސް ޕޫލަށް ވައްޓާލައްވަނީ ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އެވެ. އަދި މިނިސްޓަރު ޝާޑު ޕޫލަށް ވައްޓާލަނީ، އެކެއް ދޭއް އަދި ތިނަކަށް ގުނުމަށްފަހުގަ އެވެ.
ޝާޑު ޕޫލަށް ވައްޓާލުމަށްފަހު، އޭނާ ޕޫލުން ނެގުމަށް އަނބިކަނބަލުން، އިރުތިޝާމް އަރިހު، ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެ އެވެ. ޝާޑު ޕޫލުތެރެއިން ނެންގެވުމަށް އިރުތިޝާމް މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން ޝާޑު ޕޫލްތެރޭގައި ފަތާލައްވައި ދުރަށް ވަޑައިގެންނެވި އެވެ.
އިރުތިޝާމާއި، ޝާޑާއި، ދެ ބޭފުޅުންގެ އާއިލާ އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ކައިވެނީގެ ކުލަގަދަ ހަފުލާ އޮތީ ހުކުރު ދުވަހުގެ ހަވީރު ޖެން ހޮޓަލުގަ އެވެ.
މިއީ އުމުރުން 46 އަހަރުގެ އިރުތިޝާމްގެ އަލަތު ކައިވެންޏެވެ. އަދި އުމުރުން 42 އަހަރުގެ ޝާޑުގެ ތިން ވަނަ ކައިވެނި ކަމަށް އެނގިފައިވެ އެވެ.
4 ދުވަަސްކުރިން
މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޤައުމުގެ ދަރިންގެ އަކްލާޤީ މައްސަލަތަކާއި ޑްރަގްގެ ވަބާގައި ޖެހި ހަލާކުވަމުން ދާ މައަސަލަކަމަށް އެންމެންގެ ދުލުން ބުނާ އަޑު އިވެއެވެ. އަދި މި މައްސަލަތައް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މައިންބަފައިން ދަރިންނަށް އަޅާ ނުލުމާއި ވަރި ގިނަވުމާއި ޢާއިލީ މައްސަލަތައް ޖެހުންކަމުގައިވެސް އެންމެން އިއްތިފާޤުވެއެވެ. މި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރެއް އެކުލަވައި ޤާނޫނު ހަދާ މަޖްލިސް އެކުލަވާލުމުގައި ރަޢިއްޔަތުން ނުހަނު ބޮޑެތި ޤުރުބާނީ ތަކެއް ވެއެވެ. ބޮޑު މުސާރަ ދެއެވެ. އެކަމަކު ސަރުކާރުގެ ވަޒީރުންނާއި ޤާނޫ ހަދާ މަޖްލިހުގެ މެމްބަރުން ޤައުމުގެ ދަރިންގެ މުސްތަޤުބަލަކަށް ވިސްނުމެއް ނެތި އަމިއްލަ އެދުން އިސްކުރަމުން ދާ މަންޒަރު ފެނުމުން ދެން ތިބި އާދައިގެ މީހުންގެ ހާލު ހުންނާނީ ކިހިނެއްބާ
ކައިވެންޏަށްފަހު މެމްބަރު ޝާޑަށް ދިން ސަޕްރައިިޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ