އޮސްޓްރޭލިއާގެ ކަރަންޓު މައްސަލަ ހައްލުކުރަން އެލަން މަސްކް ބެޓުކޮށްފި

އޮސްޓްރޭލިއާގެ ކަރަންޓު މައްސަލަ ހައްލުކުރަން އެލަން މަސްކް ބެޓުކޮށްފި
އޮސްޓްރޭލީއާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ 100 ދުވަހުގެ ތެރޭގައި ހައްލުކޮށް ނުދެވިއްޖެނަމަ އެކަން މުޅިން ހިލޭ ކޮށްދޭނެ ކަމަށް ޓެލްސާގެ ފައުންޑާރ އެލަން މަސްކް ބުނެފިއެވެ.
އެލަން މިހެން ބުނެފައިވަނީ ޓިވީޓާރގައި އެސްޓްރޭލިއާރގެ ބިލިއަނާރ މައިކް ކެނަން ބްރުކްސް ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. @mcannonbrookes Tesla will get the system installed and working 100 days from contract signature or it is free. That serious enough for you?— Elon Musk (@elonmusk) March 10, 2017މަޝްރޫއަށް ބޭނުންވާ ހަރަދު އަދި ސިޔާސީ ނިންމުން ހޯދިއްޖެނަމަ މިކަން 100 ދުވަހުގެ ތެރޭގައި ނިންމަން ކިހާ ސީރިއަސްތޯ ބްރުކްވަނީ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އެލަން ބުނީ ކޮންޓްރެކްޓްގައި ސޮއިކުރާތާ 100 ދުވަހުގެ ތެރޭގައި ޓެލްސާއިން ސިސްޓަމް އިންސްޓޯލްކޮށް ހިދުމަތްދޭން ނުފެށިއްޖެނަމަ އެކަން ކޮށްދޭނީ މުޅިން ހިލޭކަމެށެވެ.
ސައުތު އޮސްޓްރޭލިއާގައި 1.7 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ކަރަންޓު ކެނޑުމުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. މި ދިޔަސް ސްޕެޓެމްބަރުގައި ތޫފާނެއް އައިފަހުން އެތައް ދުވަހެންވަންދެން ސްޓޭޓްގެ ބޮޑުބަޔަކުން ކަރަންޓު ގޮސްފައިވެއެވެ. އަދި މީގެ މަހެއްކުރިން ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ އަދަދު މައްޗަށް އަރައިގެންގޮސް ބޮޑު ހިސާކުން ކަރަންޓު ގޮސްފައިވެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ދެކޭގޮތުގައި ގްރިޑް ސްޓޯރޭޖް އިތުރުކުރުން އެއީ މީގެ ހައްލުކަމަށް ވާނެއެވެ. ޓެލްސާ ކުންފުނިން ވަނީ 100 މެގަވޯޓް އަވަރަސްގެ ބެޓެރީ އިންސްޓޯކް ކޮށްދިނުމަށް 25 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅަފައެވެ.
ކެނަން ބްރުކްސްވަނީ މި މަޝްރޫއު ފަންޑުކޮށްދިނުމަށް އެއްބަސްވެ ލައްވާފައެވެ. އަދި ސިޔާސީގޮތުން މި މަޝްރޫއަށް ހުއްދަލިބޭނެކަމަށް ގަބޫލުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ