ގާޒީ ނިހާން ޖަލު ގޮޅިން ގަދަކަމުން ނެރުނު މައްސަލަ އެޗްއާރްސީއެމް އަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ހައްޔަރު ކުރުމަށް ސައްޙަ ނޫން އަމުރެއް ނެރުނު ކަމަށްބުނެ ޖަލަށްލާފައިވާ އއ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން، ގަދަކަމުން ޖަލު ގޮޅިން ނެރުނު މައްސަލައެއް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅައިފިއެވެ.
ގާޒީ ނިހާން ގެ ވަކީލު ޝާދިޔާ އާދަމް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ނިހާން ހުންނެވި ގޮޅިން ގަދަކަމުން ނެރެ ބިޑިއަޅުވާފައި އެތައް އިރަކު ބެހެއްޓި ކަމަށާއި މިހާރު ހުންނެވީ އެހެން ގޮޅިއަކަށް ބަދަލު ކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުރިހަމަ މައުލޫމާތެއް ނުލިބޭ. އެޗްއާރްސީއެމް އަށް މިހުށަހެޅީ އެމައްސަލައަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބަލައި ދިނުމަށް"ވަކީލު ޝާދިޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ