ސުޕްރީމް ކޯޓުން ތިން މެމްބަރެއްގެ ގޮނޑި ސަލާމަތްކޮށްދީފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ވިދާޅުވީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މިއީ ހަމައެކަނި ސްޕްރީމް ކޯޓަށް ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ކަމަށާއި، ގޮނޑި ގެއްލިއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެ ޚާލަތެއްގައި މިކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓު ފިޔަވައި، ދިވެހި ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއެއް އަދި އިދާރާއަކަށްވެސް ލިބިގެން ނުވާ ކަމަށެވެ.
އަދި އިތުރަށް މިހުކުމުގައިވާ ގޮތުން ޤާނޫނީ ހަމަތަކުން ބަލާއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ސ) އިން ބާރު ލިބިފައިވާ، ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އިން ބަޔާންކޮށްފައިވާގޮތަށް 2017 ޖުލައި 10 ވަނަ ދުވަހު މެމްބަރުކަމުން ވަކިވުމަށް ޕީޕީއެމް އިން ވަކިވުމަށް ހުށަހެޅި ހިސާބުން މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ބަލަންޖެހޭއިރު، އަލުން ޕާޓީއަށް ވަނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވާކަން އެނގެން އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ