ކަރަންޓުގެ މައްސަލަ ހައްލުކުރަން ފީވަކަށް ޖަނަރޭޓަރެއް ގެންގޮސްފި

ށ.ފީވަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ރަށަށް ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
ފެނަކަ އިން ބުނީ ފީވަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 128 ކިލޯވޮޓުގެ މުޅިން އައު ޖަނަރޭޓަރެއް އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Sh.Feevkuge karantuge haalathu ragalhukurumahtakai 128 kv ge brand new genset eh miadhu (28.12.18) gendhevijje @PSMnewsmv @vtvmaldives @Mihaarunews @Miadhu_News @VaguthuOnline @sunbrk @vaavu @Ch13official @raajjemv @myfoona pic.twitter.com/OegYElrDiC
— Fenaka Corporation Ltd (@TeamFenaka) December 28, 2018
ފީވަކު އިންޖީނުގެ ހިންގަމުން ދަނީ ފެނަކައިގެ ދަށުން ކަމަށްވާއިރު، އެ ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ މި މަހު ވަނީ ވަރަށް ބޮޑުވެގެން ގޮސްފައެވެ.
ފީވަކަށް ކަރަންޓު ފޯރުކޮށްދެމުން އައީ 150 އާއި 160 ގެ އިތުރުން 170 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށްވާއިރު ރަނގަޅަށް މިވަގުތު މަސައްކަތް ކުރަމުންދަނީ 160 ކިލޯވޮޓްގެ ޖަނަރޭޓަރު އެކަނި ކަމަށް މައުލޫމާތު ލިބެއެވެ.
ފީވަކަކީ އާއްމުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ރަށަކަށްވާއިރު، 2013 ވަނަ އަހަރުގެ އޮގަސްޓު މަހުތެރޭ 20 ގަޑިއިރު ވަންދެން ކަރަންޓާއި ނުލައި އެ ރަށު ރައްޔިތުން އުޅެންޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ