މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މިއީ ޑިސެމްބަރ މަސް ފެށުނު ފަހުން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނު ހަތްވަނަ ފަހަރެވެ.
މިރޭ މާލެ އިން ކަރަންޓް ކެނޑުނު ސަބަބު ސްޓެލްކޯ އިން އަދި ސާފުކޮށެއް ނުދެއެވެ. އާންމު ގޮތެއްގައި މާލެ އިން ކަރަންޓް ކެނޑިއްޖެނަމަ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދިނުމަށް ދެގަޑިއެއްހާއިރު ނަގާނެއެވެ.
ފަހަކަށް އައިސް މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
މާލޭގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އަވަސް އަވަހަށް ގިނަގިނައިން މާލެ އިން ކަރަންޓް ކެނޑޭތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ