ކުޑަކުދިންގެ ޙައްޤުތަށް ހިމާޔަތްކުރުމުގައި 2018 ވަނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއްކަމަށް ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތަކަށް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އަރކްއިން ބުނެފިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އަރކްގެ 2019 ވަނަ އަހަރުގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒީނާ ޒާހިދު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ދިމާވާ ގޮންޖެހުންތައް ބަދަލުވަމުންދާކަމަށެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އޮންނަ ގަވައިދުގެ އޮނިގަނޑު ވަރުގަދަކޮށް މިދިޔަ އަހަރު މިކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ ދާއިރާއަށް ބަލާއިރު 2018 ވަނަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށް އާރކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒީނާ ޒާހިދު ވިދާޅުވިއެވެ.
އާރކްގެ 2019 ވަނަ އަހަރުގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އާރްކްއިން ކޯޕަރޭޓް އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާ 4 ފަންތީގެ ތެރެއިން 3 ފަންތިއެއްގައި އެމްބެސެޑަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް އޮފް ޗިލްރަންސް ރައިޓްސް އިން މޯލްޑިވްސްގެ ލެވެލްގައި ޕްރެކްސިސް ލޯ ފާމް އަދި އިވެންޓް މޯލްޑިވްސް އާއިއެކު ސޮއިކޮށްފައިވާއިރު، އެޑްވޮކޭޓްސް އޮފް ޗިލްރަންސް ރައިޓްސް އިން މޯލްޑިވްސްގެ ލެވެލްގައި ޓިމްބަރ ހައުސްއާއި ތިންކް އެޑްވަޓައިސިންގް އާއިއެކު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން ސަޕޯޓަރ އޮފް ޗިލްރަންސް ރައިޓްސް އިން މޯލްޑިވްސްގެ ލެވެލްގައި އެމް-7 ޕްރިންޓާއި، ޕްރިންޓް ލެބް، ޑީޖީ ހޯލްޑިންގްސް އަދި އޮފިޝަލް ފޮޓޯގްރާފަރުންގެ ގޮތުގައި އަޙްމަދު ނިޝާން އާއި އަލީ މަސްރަޙާއެކު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން މި ޖަލްސާގައި 2018 ވަނަ އަހަރު އެ ޖަމިއްޔާއާއެކު ސޮއިކޮށް އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކަށްވަނީ އެކަމުގެ ޝުކުރުއަދާކޮށް ހަނދާނީ ލިޔުން އަރުވާފައެވެ. ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ޖަމިއްޔާ އާކްއިން މިހާރުވެސް ކުޑަކުދިންގެ ޙިއްޤުތަށް ހިމާޔަތްކުރުމަށް ތަފާތު 6 ޕްރޮގްރާމެއް ކުރިއަށްގެންދެއެވެ.
2018 ވަނަ އަހަރަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގައި ކާމިޔާބު އަހަރެއް - އާރކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ