އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕަންސީ ހުރީ 63 އިންސައްތައިގައި- ޓުއަރިޒަމް މިނިސްޓްރީ
މިއަހަރުގެ ފަހުކޮޅާ ހަމަޔަށް އައިއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕަންސީ ނުވަތަ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި މީހުން ތިބި މިންވަރު ހުރީ 63 އިންސައްތައިގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް އައިއިރު، ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި މީހުން ތިބި މިންވަރު ނުވަތަ އޮކިއުޕަންސީ ހުރީ ހަތްދިހަ ހަތަރު އިންސައްތައިގައެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތެރޭގައި އޮކިއުޕަންސީ ރޭޓް އެންމެ މަތިވެފައިވަނީ 81 އިންސައްތައަށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އޯގަސްޓްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަލައްކަ ހަތްދިހަ ދެހާސް އަށްސަތޭކަ ތިރީސް ނުވައަކަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު، 9.1 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ އޯގަސްޓްމަހު އެކަނިވެސް ރާއްޖެއަށް އެއްލައްކަ ތޭވީސްހާސް ނުވަސަތޭކަ ނުވަދިހައެއް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ ބަލާއިރު 22 އިންސައްތަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ