ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އަތުލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހުއްޓަވާލެއްވުމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް، މުންދު ގޮވާލައްވައިފި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުންދުވިދާޅުވީ އާސަރުކާރުން ސަރުކާރު ނިންގުމާއި ހަވާލުވުމުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޕީޕީއެމް އެކަނި ކަމުގައެވެ. އަދި ކޮންގްރެސް ބާއްވާ އިދިކޮޅު ޕާޓީއަކަށް ވުމަށް ޕީޕީއެމް ތައްޔާރުވެފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ އައިޑެންޓިޓީ ނިގުޅައިގަތުމަށް ކުރާމަސައްކަތް ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގައި ދެން އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމުގައެވެ. އަދި މުންދުވަނީ ޕީޕީއެމްގެ އައިޑެންޓިޓީ އަތުލުމަށް ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ހުއްޓަވާލެއްވުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ތަރިކަ މުދަލެއްގެ ގޮތުގައި ޕީޕީއެމްގެ އައިޑެންޓިޓީ އަތުލުމަށް ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގާނޫނާއި ހިލާފުކަމަށްވެސް މުންދު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި އާދަޔާ ހިލާފް ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީންވަނީ އިންތިހާބުކޮށްފައެވެ. އަދި ހަތަރު ނައިބު ރައީސުންނާއި ކައުންސިލްވެސްވަނީ އިންތިހާބުކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް ހައްސަ ނޫންކަމަށް ވިދާޅުވެ ކޮންގްރެސް ބާތިލް ކުރުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށް ރައީސް މައުމޫނުވެސްވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް އަތުލުމަށް ރައީސް މައުމޫނު ކުރައްވާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ