ގާސިމް މާދަމާރޭ ރައީސް ކަމުގެ ހުވާ ކުރާނެ ކަމަށް ގޮވި ޕިކަޕްގެ ޑްރައިވަރު ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރާނެ ކަމަށް ގޮވަމުންދިޔަ ޕިކަޕެއް ހުއްޓުވައި އެޕިކަޕްގެ ޑްރައިވަރު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އަޑުގަދަކުރާ ބޭނުންކޮށްގެން މާލެ ތެރޭގައި އަޑުގަދަކުރަމުން ދިޔަ ޕިކަޕެއް ހިފަހައްޓައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގާސިމް ރައީސް ކަމުގެ ހުވާ ކުރާނެ ކަމަށް ގޮވި ޕިކަޕްގައި ވަނީ ގާސިމް މާދަމާ ރޭ 21:00 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރާނެ ކަމަށް ބުނާ ޕޯސްޓަރުތަކެއް ވެސް ހަރު ކޮށްފަ އެވެ.
އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ޕިކަޕުން ވެސް ވަނީ މާދަމާ ރޭ ގާސިމް ރައީސް ކަމުގެ ހުވާ ކުރާނެ ކަމަށާއި ގާސިމް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައި ކަމަށް ބުނެފައެވެ.
ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ޖޭޕީ އިން ބުނެފައި ވަނީ އެޕިކަޕާއި ޖޭޕީ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ