ގައުމެއް ކުރިއަރާ ދާނީ އިޚްލާސްތެރި ވެރިއަކު ގައުމުގައި ހުރެގެން: ގާސިމް އިބްރާހީމް

ގައުމެއް ކުރިއަރާ ދަނީ އެގައުމެއްގައި އޮންނަ ވެރިކަމެއްގެ ނިޒާމުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ "ތައްޔާރު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނު ގާބުލުފުޅުކުރައްވާ ގޮތުގައި ގައުމެއް ކުރިއަރައި ދާނީ އެ ގައުމެއްގައި އެކުލަވާލެވިފައިވާ ހަރުދަނާ ގާނޫނަކުން ނުވަތަ ވެރިކަމުގެ ނިޒާމަކުން ނޫން ކަމަށާއި، ގައުމެއް ކުރިއަރާ ދާނީ، އިހްސާންތެރި އަދި އިޚްލާސްތެރި ވެރިއަކު ގައުމުގައި ހުރެގެން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެނޫންގޮތަކަށް ގައުމުގެ ކަންކަން ފުރިހަމަ ނުވާނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފޯރުކޮށްދެއްވި ޚިދުމަތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެއިތުރުން، އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ހާލަތުގެ މައްޗަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ، ކޮންމެ އުސޫލަކަށް ކަމެއް ކުރިނަމަވެސް، އިސްލާހުކުރަންޖެހޭ ކަންތަކެއް ހުންނަ ކަމަށާއި، ގައުމު ކުރިއަރާ ދިއުމުގައި ވެރިކަން ކުރައްވާ ބޭފުޅުންގެ އިޚްލާސްތެރިކަން މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ