ޔުނިސެފުން ރާއްޖެއަށް 100،000 (އެއްލައްކަ) ސިރިންޖް އަދި 1000 (އެއްހާސް) ސޭފްޓީ ބޮކްސް ފޮނުވައިފިއެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެކްސިން ދޭން ފަށާފައިވާތީ އެކަމަށް ހިތްވަރު ދީ އެހީތެރިވުމުގެ ގޮތުން ޔުނިސެފުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ރާއްޖެއަށް ފޮނުވި ތަކެތި އިއްޔެ އެއަރ ފްރައިޓްކޮށް ދުބާއީ މަގުން ރާއްޖެ އައިސްފައިވާ ކަމަށް ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ސިރިންޖްތަކަކީ 0.5 މިލި ލީޓަރުގެ ސިރިންޖްތަކެކެވެ.
Articl Inline Image
ކުރިއަށް އޮތް ހަފްތާތަކުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމަކަށް 14.5 މިލިއަން 0.5 އަދި 0.3 ގެ އޮޓޯ ޑިސްއޭބަލް ސިރިންޖް ފޯރުކޮށްދެނެ ކަމަށް ޔުނިސެފުން ހާމަކުރެއެވެ. 0.5 އެމްއެލްގެ ސިރިންޖަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ހަދާފައިވާ އެސްޓްރާ ޒެންކާ ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖެވެ. ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ވެކްސިން ދޭން ފަށާފައިވާއިރު އަދި މިހާތަނަށް ދެމުން ގެންދަނީ އެސްޓްރާ ޒެންކާގެ ވެކްސިން އެކަންޔެވެ.
Articl Inline Image
ޔުނިސެފުން ހާމަކުރާ ގޮތުގައި 0.3 އެމްއެލް ސިރިންޖް އަކީ ޕައިޒާ ވެކްސިން ޖެހުމަށް ހާއްސަ ސިރިންޖެވެ.
ޔުނިސެފުން ރާއްޖެއަށް އެއްލައްކަ ސިރިންޖް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ