ޑީއާރުޕީގެ ތެރޭގައި ފިތުނަ އުފެދި ބައިބައިވުން އުފެދޭ ގޮތަށް ޕާޓީގެ އެއްވެސް މެމްބަރަކު އަމަލު ނުކުރުމަށް އެޕާޓީގެ ކައުންސިލު މެމްބަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު ގޮވާލައްވައިފިއެވެ.
އަހުމަދު މުހައްމަދު މިހެން ގޮވާލައްވާފައިވަނީ ނައިފަރު ދާއިރާގެ ޑިއާރުޕީ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް އެރަށުގައި ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
ނައިފަރުގައި ދާދި ފަހުން ހުޅުވި އެޕާޓީގެ ޖަގަހާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑީއާރުޕީގެ މެމްބަރުންގެ ރޫހު ދިރުވާ އެކުވެރިކަން އާލާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޕާޓީގެ މެމްބަރުން އެކަކު އަނެކަކަށް އެއީ މިވެނި އެވެނި ޕާޓީއެއްގެ މީހެކޭ ބުނެ ތުހުމަތުގެ އިނގިލި ދިގުކޮށްގެން ނުވާނެ ކަމަށެވެ.
އަހުމަދު ވިދާޅުވީ އެފަދަ އަމަލުތަކަކީ ޕާޓީ ބައިބައިކޮށްލުމަށް ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް ކަމަށާއި ޕާޓީގެ ހުރިހާ މެމްބަރުން ވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލީ ޑިއާރުޕީއަށް ނިސްބަތްވާ ނައިފަރުގެ މެމްބަރުންނަށް ތާއިދު ހޯދުމުގެ މަސައްކަތްތައް ވެސްވަނީ ރަސްމީކޮށް ފަށާފައެވެ.
ޕާޓީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް މެމްބަރަކު އަމަލުކޮށްގެން ނުވާނެ:އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ