ޑީއާރްޕީގެ އަލީ ވަހީދު އެމްޑީޕީއާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ނައިބު ލީޑަރު އަލީ ވަހީދު އެމްޑީޕީގެ ލިޑަޝިޕާ ގުޅުން އޮންނަ ކަމަށާއި އެމްޑީޕީ އަށް ސޮއިކުރަން އުޅޭ ކަމަށް ފެތުރެމުންދާ އަޑުތައް އަލީ ވަހީދު ދޮގު ކުރައްވައފި އެވެ.ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު މިއަދު ވިދާޅުވީ އޭނާ އެމްޑީޕީގެ ލިޑަޝިޕާ ގުޅުން އޮންނަ ކަމަށާއި އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ފަތުރައި އެސްއެމްއެސްތައް ފޮނުވަމުންދާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ."އެމްޑީޕީއަށް އަޅުގަނޑު ސޮއިކުރަނީއޭ މިހާރުވީ ލަންކާގައޭ ކިޔައިގެން ދަނީ އަޑުތައް ފަތުރަމުން މިހާތަނަށް ވެސް އަޅުގަނޑު މިހުރީ އެއަށް ޖަވާބުދާރީ ނުވެ. އެއީ އިވޭ ކޮންމެ އަޑަކަށް ޖަވާބުދާރީވާން ވެއްޖިއްޔާ އެހެން ކަމެއް ނޯނާނެ ކުރާކަށް. އަޅުގަނޑު އެމްޑީޕީއަކާ ނުވެސް ގުޅެން ގުޅޭކަށް ގަސްދެއްވެސް ނުކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާއަކީ ޑީއާރްޕީގެ ނައިބު ލީޑަރު ކަމަށާއި އުންމީދު ކުރައްވަނީ ޑީއާރަޕީގެ މެންބަރުން އޭނާ ބޭންދެވި ގޮނޑީގަޔާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ގޮނޑީގައި އިންނެވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ