މޭ 27 ގައި ދިލަކަނި އަޅުވަނީ

އަންތަރީސް ޕްރޮޑަކްޝަނުން ހަދާ ފުރަތަމަ ފީޗާ ފިލްމު، "ދިލަކަނި" އަންނަ މަހުގެ 27 ގައި އޮލިމްޕަހުގައި އަޅުވަން ފުރުސަތު ލިބިފައިވާއިރު ފިލްމުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ޕްރޮޑަކުޝަން ޓީމުން ބުނެފި އެވެ.
ދިލަކަނީގެ ފިލްމްގެ ޕްރިމިއާ ނައިޓްގެ ޓިކެޓް 100ރ. އަށް ވިއްކާއިރު އެހެން ޝޯތަކުގެ ޓިކެޓް ވެސް ވިއްކާނީ 80ރ. އަށް ކަމަށް ޑައިރެކްޓަރ މުނައްވަރު ބުންޏެވެ.
ދިލަކަނި އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމުގައި ފެންނަނީ މީހެއްގެ ހަޔާތުގައި ރަހުމާއި ހަމްދަރުދީން އެއްކިބާވުމުން އެކަމުގެ ބަދަލު ހިފުމަށް އޭނާ ކުރާ މަސައްކަތްތަކެކެވެ.
މި ފިލްމްގެ މުހިއްމު ތަރިންނަކީ ނިއުމާ އާއި ކޮޕީ އިއްސެއާއި ރިޝްފާ އާއި މަނިކު އާއި ރޯނު ހަސަން މަނިކާއި މަރިޔަމް ހަލީމް އަދި ނަސީރާއި ޒިޔާއެވެ. ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ށ. ފީވަކާއި އެ އަތޮޅު ފޯކައިދޫ އަދި މާލޭގަ އެވެ.
އެއްލަވަ ހިމަނާފައިވާ މިފިމްގެ ލަވަ ކިޔާދީފައިވަނީ ޝަބީނާއި ތޭރަވާ އަދި އަޝްފާ އެވެ. ތިއްތި، މިއުޒިކް ހަދާ މިފިލްމް ކެމަރާ ކުރަނީ ޝިވާޒް (މާސްކޭ) އެވެ. އަދި މިފިލްމްގެ ޕްރޮޑިއުސަރ އަކީ އަހްމަދު އިކްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ