މިނިވަން ނިއުސްއަށް ހަމަލާދިން މީހާ ކޯޓުން ދޫކޮށްލައިފި

މިނިވަން ނިއުސް ހިންގާ އިމާރާތުގެ ސީސީޓީވީ ހަލާކުކޮށްލައި އެތަނަށް ގެއްލުން ދިނުމުގެ ތުހުމަތަށް ރޭ ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ ހައްޔަރު ކުރި 32 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް މިރޭ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކަމަށެވެ. އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުންނެއް ނުބުންޏެވެ.
ނަމަވެސް އޭނާ ދޫކޮށްލީ ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި ހުއްދަ ނެތި ރަށުން ބޭރަށް ނުދިޔުމަށާއި އިތުރު ހަމަނުޖެހުމެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ.
އިއްޔެ މިނިވަން ނިއުސްގެ އިދާރާގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި އެ އޮފީސް ހުނަނަ އިމާރާތުގެ ދޮރަކަށް ކަތިވަޅިޖެހި މައްސަލައިގައި ހައްޔަރު ކުރީ އަހުމަދު މުއާޒް ކިޔާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ