ފެބްރުއަރީ 24 ގެ ބޮޑު މަހާސިންތާގައި ހަނދާން ނުނެތޭވަރުގެ މެސެޖެއް ސަރުކާރަށް ދޭނަން- 23ޑިސެމްބަރ އިއްތިހާދު

ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާ, މި މުޒާހަރާގައި ވަނީ އެއްތައް ހާސް ރައްޔިތުން ބައިވެރިވެފައި--ފޮޓޯ: ދިއިސްލާމްފެބްރުއަރީ 24 ގެ ބޮޑު މަހާސިންތާގައި ހަނދާން ނުނެތޭވަރުގެ މެސެޖެއް ސަރުކާރަށް ދޭނެ ކަމަށް 23 ޑިސެމްބަރ އިއްތިހާދުން ބުނެފިއެވެ.” ކުރިން ދިންވަރަށް ވުރެ ބޮޑު ހަނދާން ނުނެތޭނެ ވަރުގެ ބޮޑު އިންޒާރެއް ނުވަތަ މެސެޖެއް ސަރުކާރަށް ދޭނަން ފެބްރުއަރީ 24 ގަ ބާއްވާ ބޮޑު މަހާސިންތާގަ. ރަގަޅު ފިލާވަޅެއް ދޭނަން. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިދިކޮޅު ފަރާތްތަކަށް ކުރާ ތާއީދު އިތުރުވެގެން މިދަނީ.”މަދަނީ  އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.އަދި މިސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން އެނގުމުން، ސަރުކާރު މިހާރު ނަގަހައްޓަނީ ގައުމުގެ ސިފައިންނާއި ފުލުހުން ކަމަށާއި ސަރުކާރާއި ފުލުހުންނާއި ސިފައިންގެ ފަރާތުން ފެންނަމުންދަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.ސަރުކާރާއި ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކާކަމަށް ބުނެ، ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، އެޕާޓީގެ ކައުންސިލް މެންބަރ ސަންދާނު އަހުމަދު ދީދީ ރޭ ފުލުސް އޮފީހަށް ހާޒިރުކުރެއްވުމާއި، އަދި ގައުމީ ޕާޓީގެ ނައިބު ރައީސް އަބްދުލް މަތީން، ހޯމްމިނިސްޓަރ ހަސަން އަފީފުގެ އިސްތިއުފާއަށް ގޮވާލުމާއި ގުޅިގެން އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ މައްސަލަ އަބްދުﷲ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ޑިސެމްބަރ 23 ގައި ވަނީ ވަރަށް ބޮޑު މުޒާހަރާއެއް މާލެ އާއި ރާއްޖޭގެ އެކި ރަށް ރަށުގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ