ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރާއްޖޭގެ އަދުލުގެ ނިޒާމް ފުނޑާލާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް ހައްޔަރު ކުރުމާއި ގުޅިގެން އަމީން ކުަރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރާއްޖޭގެ އަދުލުގެ ނިޒާމް ފުނޑާލާފައިކަމަށާއި އެހެން ކަމުން ވަގުތުން ވަގުތަށް އެމްނިކުފާނު ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމް ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނު ވިލާގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ރާއްޖެ ހަމަމަގަށް އަޅުވައި އިސްލާހުކުރުމަށް ނިކުންނަން ވެއްޖެ ކަމަށާއި ހުރިހާ ނިޒާމެއް އެއްވެސް ހަމައެއް ލަމައެއްނެތި ސުންނާފަތި ކޮށްފައިވާ ކަމަށެވެ.
އަމީން އިބްރާހިމް އިތުރަށް ވިދާޅުވީ ގާސިމް ހައްޔަރު ކުރުމުން ދޭހަވަނީ ދިވެހި ރާޢްޖޭގެ ރައްޔިތުންނަށް ބިރުދެއްކުން އެންމެ މަތީ ދަރަޖައަށް ހިނަގައްޖެ ކަމަށެވެ. އެހެން ކަމުން މިކަމުގައި ރައްޔިތުންނަށް އެހީތެރިވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ގާސިމް ހައްޔަރުކުރީ ރާއްޖޭގެ އަދުލުގެ ނިޒާމް ފުނޑާލާފައި: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ