ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ހ.ތެމާގައި ޕީޕީއެމް ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވަމުން ގެންދެވި އޮފީހަށް ވަން ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުން އެއޮފީހުގެ ނަންބޯޑު ނަގާ އެއިމާރާތުގައި ހުރި ޕީޕީއެމް ދިދަ ތިރިކުރުމުރުން އެކަމާއި ނުރުހުން ފާޅުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ "އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަނެތި ބަޔަކު ވަދެ ގެއްލުން ދީފައިވާތީ އެކަމާއި އިރާދަކުރެއްވިއްޔާ ދައުވާ ކުރާނަން" ކަމަށެވެ.
ފުލުހުން މިރޭ ރައީސް މައުމޫން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވާ އޮފީހަށް ވަނީ ސިވިލް ކޯޓުން ކުރި އަމުރާއި އެއްގޮތައް އެއޮފީހުގެ ނަންބޯޑު ނަގާ ޕީޕީއެމްގެ ދިދަ ތިރިކުރަން އެންގުމުން އެއެންގުމަށް އަމަލު ނުކުރުމުންނެވެ.
ފުލުހުން މިއަދު ހަވީރު ވިދާޅުވީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން ގޮވާލާ ކަމަށެވެ.
އޮފީހަށް ވަން ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނަން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ