ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރުއަކީ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި 1.2 ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެންވެސް އެއާޕޯޓް ތަރައްޤީކުރަނީ ލޯނު އަދާކޮށް ފައިދާ ހޯދޭނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިރޭ ސިނާޢީ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ އެއާޕޯޓާއިކަމަށާއި ރާއްޖެ ބާރު ސްޕީޑްގައި ތަރައްޤީ ކުރައްވައި ތަރައްޤީވެފައިވާ އެހެން ޤައުމުތަކާއި އެއްސަފަށް ކުރިއަށް ގެންދެވުމަށް ފަށްޓަވާފައިވާ ރޭސް ފެށެނީ އެއާޕޯޓްގެ ތަރައްޤީން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގައި މިހާރުވެސް ގިނަ ރިޒޯޓުތަކެއް ހުޅުވި އަދި އެތައް ރިޒޯޓްތަކެއް އިތުރަށް ހުޅުވެން ތައްޔާރުވަމުން އަންނައިރު އެކަމަށް މަގުފަހިކޮށްދިނުމަށް އެންމެ މުހިންމު ދައުރެއް އަދަކުރާނީ އެއަޕޯޓްކަމަށްވުމުން އެއާޕޯޓް ތަރައްޤީ ކުރެއްވުމަކީ ފުރަތަމަ ކުރައްވަން ޖެހިވަދައިގަންނަވާ ކަންތައް ކަމަށެވެ.
އެއާޕޯޓްގެ ސަބަބުން އިތުރަށް ރާއްޖެ ދަރަނިވެރި ނުވާނެ ކަަމަށާއި އެއާޕޯޓުން ލިބޭ ފައިދާއިން ލޯނު އަދާކުރެވޭނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ގިނަ ބައަކަށް ވަޒީފާ ލިބި އެކަމުގެ ފައިދާ މުޅި ޤައުމަށް ކުރާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
1.2 ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އެއާޕޯޓް ތަރައްޤިކުރަނީ ލޯނު އަދާކޮށް ފައިދާ ހޯދޭނެތީ: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ