ގާސިމް ހައްޔަރު ކުރުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ދެރައެއް: ޔޫކޭ ސަފީރު
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަކީ ދިވެހި ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ދެރައެއް ކަމަށް ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ. ޑޯރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދަޔަ ބުދަ ދުވަހު އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އޭނާއާ ބައްދަލުކޮށް އެ ފަރާތްތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ލީޑަރަކު އިއްޔެ ބަންދުކޮށްފައިވާ ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ. ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގާސިމްގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ގާސިމްގެ ޕާސްޕޯޓް ވެސް ވަނީ މަސްދުވަހަށް ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ