ފުނަދޫ ރައްޔިތުން މުޅިން އެހެން ކަމެއްގައި!

ހުރިހާ ރަށެއް މިހާރު ބިޒީވެފައި އޮތީ ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިހާބަށެވެ. ރަށްރަށުގައި އެންމެންހެން އުޅެމުން ދަނީ އެ އިންތިހާބުގެ ކެމްޕޭން ތެރޭގަ އެވެ. ކެމްޕޭން ފޯރި މިހާރު މިއޮތީ އެންމެ މަތީގަ އެވެ. މުޅި ރާއްޖެ އެކަމެއްގެ ތެރޭގައި އަވަދިނެތި އުޅެމުންދިޔަޔަސް، ށ. ފުނަދޫން ފެންނަ މަންޒަރު ތަފާތެވެ. އެ މީހުން އުޅެނީ މުޅިން އެހެން ކަމެއްގަ އެވެ. އެ ރަށު ރައްޔިތުންގެ ފޯރި އޮތީ ކެމްޕޭންގެ ތެރޭގައެއް ނޫނެވެ. މަސް ހިފުމުގަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެ ރަށުގެ ފަޅުތެރެ އަށް ވަދެފައިވާ ރިއް މަސް އައިނު ގޮނޑުދޮށަށް އެރުމުގެ މަސައްކަތުގައި އެ ރަށުގެ ކުދި ބޮޑު އެންމެން މިހާރު އުޅެނީ އަވަދިނެތި އެވެ. ފުނަދޫގައި ފަޅު ތެރެއިން ހިފާފައިވާ ރިއް މަސް: ކޮންމެ ދުވަހަކު ވެސް މަދުވެގެން 8،000 މަސް ހިފާ ކަމަށް ކައުންސިލުން ބުނޭ. --ފޮޓޯ: ހަވީރު ކިޔުންތެރިއެއް
މިދިޔަ ހުކުރު ދުވަހު އެކަނި ވެސް ފަޅުތެރެއިން އެ ރަށަށް 75،000 ރިއް މަސް އެރުވި އެވެ.
ކައުންސިލްގެ މެމްބަރު އަހުމަދު ނަޒީރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 8،000-10،000 ދޭތެރޭ އަދަދަކަށް މަސް ހިފާ ކަމަށެވެ. ބައެއް ދުވަސްތަކުގައި 22،000 މަސް ހިފާފައިވާ އިރު މިދިޔަ ހުކުރު ދުވަހަކީ ރެކޯޑު އަދަދަކަށް ރައްޔިތުން މަސް ހިފި ދުވަހެކެވެ.
"މަސް ހިފާފައި ބޭނުން ކޮންމެ މީހަކަށް ދެނީ. މަސް ބަހާއިރު ލޮލުގެ ކޮޅަށް ފެންނަ މީހާ ވެސް ލިބޭ ގޮތަށް ބައި އަޅާ،" އޭނާ ވިދާޅުވި އެވެ. ފުނަދޫގައި ފަޅު ތެރެއިން ހިފާފައިވާ ރިއް މަސް: ކޮންމެ ދުވަހަކު ވެސް މަދުވެގެން 8،000 މަސް ހިފާ ކަމަށް ކައުންސިލުން ބުނޭ. --ފޮޓޯ: ހަވީރު ކިޔުންތެރިއެއް
އެ ރަށުގެ ކުދި ދޯނިތައް ފަރުމަހަށް ނުކުތް ނަމަވެސް، މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށްވާތީ، އެ ރަށުގެ ގިނަ ދޯނިތައް މަހަކަށް ނުފުރަ އެވެ. އެކަމަކު ނަސީބު ދިމާކުރިގޮތުން މި ދުވަސްވަރު މަހުގެ ދަތިކަމެއް ނެތެވެ. ބޭނުން އިރަކު ބޭނުން ވަރަކަށް މަސް ލިބެ އެވެ.
ފުނަދޫގައި މަސް ހިފުން މިހާރު ވެފައި އޮންނަނީ ހިތްހަމަޖެހުން ލިބޭ އުފާވެރި ކަމަކަށެވެ. ބައެއް މީހުން މަސް ހިފަން ދަނީ މަސް ބޭނުންވެގެނެއް ނޫނެވެ. އެކުވެރިކަން އާލާކޮށް، ހިތް އުފާކުރުމަށެވެ. ބައެއް މީހުންނަށް އެކަން ވެފައި އޮންނަނީ ވަރަށް މަޖާ ކަމަކަށެވެ.
"އެންމެން އެކުގައި މަސް ހިފަން ފަޅުތެރޭގައި ހޭދަކުރާ ވަގުތަކީ އެކުވެރިކަން ބަދަހިވެ އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމެއް. މި ދުވަސްވަރަކީ ގައިމު ވެސް މި ރަށަށް އުފާވެރި ދުވަސްވަރެއް،" ނަޒީރު ވިދާޅުވި އެވެ. ފުނަދޫގައި ފަޅު ތެރެއިން ހިފާފައިވާ ރިއް މަސް: ކޮންމެ ދުވަހަކު ވެސް މަދުވެގެން 8،000 މަސް ހިފާ ކަމަށް ކައުންސިލުން ބުނޭ. --ފޮޓޯ: ހަވީރު ކިޔުންތެރިއެއް
ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އިރުވައި މޫސުމާ ދިމާކޮށް އެ ރަށު ފަޅުތެރެއަށް އަބަދުވެސް މަސް ވަދެ އެވެ. އެކަމަކު ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހު މަސް ނުވަދެ އޮތުމަށް ފަހު، ފަޅުތެރެއަށް މި އަހަރު މަސް ވަނީ އިރުވައި މޫސުން ފެށުމާ އެކުގަ އެވެ. ބައެއް އަހަރުތަކުގައި މާނިޔާ މަހާއި ރާގޮނޑި ވެސް ވަދެ އެވެ.
އެ ރަށުގެ ބައެއް މީހުން ބުނިގޮތުގައި އެ ރަށު ފަޅަށް މަސް ވަންނަނީ ގުދުރަތީ ގޮތުން ފަޅު އުފެދިފައި އޮންނަ ގޮތުންނެވެ. ފުނަދު އާއި އެއާޕޯޓް އަޅަން މިހާރު ނިންމާފައިވާ ފަޅު ރަށެއް ކަމަށްވާ، ފަރުކޮޅު އޮންނަނީ އެއް ފަޅެއްގެ ތެރޭގަ އެވެ. ފުނަދޫގައި ފަޅު ތެރެއިން ހިފާފައިވާ ރިއް މަސް: ކޮންމެ ދުވަހަކު ވެސް މަދުވެގެން 8،000 މަސް ހިފާ ކަމަށް ކައުންސިލުން ބުނޭ. --ފޮޓޯ: ހަވީރު ކިޔުންތެރިއެއް
ފުނަދޫގައި ތަފާތު ފިކުރުގެ ހިޔާލުގެ މީހުން ތިބި ނަމަވެސް އެއްއިރެއްގައި ވެސް އެ ރަށަކީ ސިޔާސީ އަރައިރުން ބޮޑު ރަށެއް ނޫނެވެ. އެއަށް ވުރެ އެ ރަށުގެ އިޖުތިމާއީ ގުޅުން ވަރުގަދަ އެވެ. މި އިންތިހާބާ ދިމާކޮށް އެ ގުޅުން އިތުރަށް ވަރުގަދަކޮށްދީ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނީ ފަޅުތެރެއަށް ވަތް ރިސް މަސް އައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ