މެމްބަރު މޫސާ ޒަމީރުގެ ލައިސަންސް ހިފަހައްޓައިފި

ސައިކަލް ދުއްވަމުން ވާހަކަ ދެއްކުމާ ގުޅިގެން ކިނބިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މޫސާ ޒަމީރުގެ ލައިސަންސް އިއްޔެ ހިފަހައްޓައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މޫސާ ޒަމީރުގެ ލައިސަންސް ހިފެހެއްޓީ އިއްޔެ ހަވީރު އިސްލާމިކް ބޭންކް ކައިރިން ސައިކަލްގައި ވަޑައިގަންނަވަމުން ފޯނުން ވާހަކަ ދެއްކި މައްސަލާގަ އެވެ.
މީގެ ކުރިން ވަނީ ދުއްވަމުން ފޯނުން ވާހަކަ ދެއްކި މައްސަލައެއްގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ދުއްވަމުން ފޯނުން ވާހަކަ ދައްކައިފިނަމަ ލައިސަންސް ހިފަހައްޓައި ޖޫރިމަނާ ކުރާނެ އެވެ. އަދި ލައިސަންސް ދޫކުރާނީ މީރާ އަށް ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ