ގާސިމް އިބްރާހިމްގެ ރަހުމް ކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް

"ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނަން" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަހުމް ކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް ދީފިއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީޕާޓީއަށް ބައެއް މީހުން ސޮއިކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވިއިރު، އޭނާއަކީ ސަރުކާރުގެ އެއްވެސް މަގާމެއް އަދާކުރަމުން ގެންދާ ބޭފުޅެއް ނޫނެވެ. އަދި އޭނާގެ ދަށުން އެއްވެސް ސިވިލް ސާވެއްންޓެއް މަސައްކަތް ވެސް ނުކުރެއެވެ.
ނަމަވެސް ދާދިފަހުން ގާސިމް އިބްރާހިމް އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާވެސް ވަނީ އެނާ މަސައްކަތް ކުރައްވާ ޓްރާންސްޕޯޓު މިނިސްޓްރީގެ ސިވިލް ސާވިސް މުވަޒްފަނުންނާ މުހާތަބުކޮށް ވެސް އެއީ އެއްވެސް ފެންވަރެއް ނެތް ބައެއަން ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީވެސް ބުނާގޮތުން އެއްވެސް މީހަކާމެދު ގަވާއިދުގެ ބޭރުން ފިޔަވަޅެއް ނޭޅޭނެއެވެ.
ނަމަވެސް "ވަޒީފާއިން ބޭރުކުރަންވީމާ ބޭރުކުރާނެކަމަށް" ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ ކޮން ހައިސިއްޔަތުންކަމެއް އޭނާ ސާފެއްނުކޮށްދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޔާމީން ރަޝީދު މިރޭ ޖޭޕީއަށް ސޮއިކުރެއްވިއިރު، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއެކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންތަކެއް ވެސް ވަނީ ދާދިފަހުން ސޮއި ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ