ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޑިސެމްބަރު 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައި ގަތުމަށް މިހާރު އިންޑީއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި މިނިސްޓަރ ޝާހިދަށް ދިއްލީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު މިނިސްޓަރާއި ހިއްސާ ކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ