އެމްޑީޕީ ބައެއް މެންބަރުންގެ ވާހަކައިން ހީވަނީ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވާ ރޫހަށް ބަލާއިރު ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން ހީވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ މެންބަރުންނަށް މިހާރު ސަރުކާރުން ކަންތައްތައް ކުރާގޮތްވެސް ކަމުނުދާ ކަމަށެވެ.
"ސަރުކާރުން ހިދުމަތެއް ދެވޭ ކަމަކަށްވެސް ނުވި، ވިހި މިލިޔަން ބާވީސް މިލިޔަނަށް އަރައިގެން ދިޔައިމަވެސް ކަމަކު ނުދިޔަ، 37 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކުރަން ހުށަހެޅީމަވެސް ކަމަކު ނުދިޔަ، މާލޭ ސިޓީކައުންސިލުން ކުރާ ކަންތައްތައްވެސް ކަމަކު ނުދިޔަ، ދެން ކޮންތަނެއްތޯ ކަމުދަނީ ބައެއް މެންބަރުންނަށް މީ ކިހާބޮޑު އަޖައިބެއްތޯ، އެއް ޕާޓީއެއްގައި އުޅޭ އެއްބަޔަކު ހަމަ ވާހަކަ ދައްކަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެބޭފުޅުން ސަރުކާރު ވައްޓާ ނުލެވިގެން އުޅޭ ކަމަށް ވިދާޅުވަން ބޭނުން ނޫން ކަމަށާއި ނަމަވެސް އެ މެންބަރުން ވާހަކަ ދައްކަވަ ރޫހަށް ބަލާއިރު ހީވަނީ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން ކަމަށެވެ.
އަދި ތިމާމެންގެ ޕާޓީ ތެރޭގައި އޮތް ސަރުކާރެއް ވައްޓާނުލެވިގެން އަމިއްލައަށް ސަރުކާރު ބަދުނާމުކުރަން ވާހަކަ ދެއްކުމުގެ މާބޮޑު ބެނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން މިތަނުގައި ބައެއް މެންބަރުން ވާހަކަ ދައްކަވާ ރޫހަށް ބަލައި ފިއްޔާ ހީވަނީ ސަރުކާރު ވައްޓާ ނުލެވިގެން އުޅޭހެން، ބަލަ ތިމާމެންގެ ޕާޓީ ތެރޭގިއޮތް ސަރުކާރެއް ވައްޓާނުލެވިގެން އަމިއްލައަށް ސަރުކާރު ބަދުނާމުކުރަން ވާހަކަ ދެއްކުމުގެ މާބޮޑު ބެނުމެއްނެތް،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ