ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.
މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭ 9:30 އާއި ހަމައަށް ނެރެފައިވާ މި އިންޒާރުގައި މެޓް އޮފީހުން ލަފާކޮށްފައިވަނީ އާއްމުގޮތެއްގައި ގަޑިއަކު 30 މޭލާ 40 މޭލާ ދެ،މެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
މި އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފަށައިގެން ތ. އަތޮޅާއި ހަމައަށްކަމުގައިވީނަމަވެސް މުޅި ރާއްޖެއަށްވެސް މިދުވަސްވަރު މޫސުން ގޯހެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ވަރަށް ގޯސް، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ