ހުޅުމާލެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި ބައެއް ރައްޔިތުން ގިނަ ވަގުތުތަކެއް ކަނު އަނދިރީގައި ހޭދަކުރަން ޖެހުމުން ގިނަ ރައްޔިތުން ތަކެއް ނުރުހުން ފާޅު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ހުޅުމާލެ 10 -01 ގެ ބްލޮކް ތަކުން މިއަދު ފުރަތަމަ ކަރަންޓް ދިޔައީ ހަވީރު 5:30 ހާއިރު ކަމަށް އެރަށުން ވާހަކަދެއްކި މީހަކު މައުލޫމާތުދީފައިވެ އެވެ. އެބްލޮކަށް މިރޭ ނުވައެއްގެ ފަހުން ކަރަންޓް ލިބުނުކަމުގައި ވިއަސް އަނެއްކާ ވެސް ވަނީ 10:30 ހާއިރު ކަރަންޓް ކެނޑިފައެވެ.
''ފުރަތަމަ ކަރަންޓް ކެނޑުނީ 5:30 ހާއިރު، ކަރަންޓް ލިބުނު 9 އެއްގެ ފަހުން، އެގަޑީގައި ދެންހުރި ބްލޮކް ތަކުން ކަރަންޓް ކެނޑުނު، މިބްލޮކުން ފަހުން ކަރަންޓް ކެނޑުނީ 10:30 ހާއިރު، އޭގެ ފަހުން ދެގަޑިއިރު ވެއްޖެ ކަރަންޓެއް ނުލިބޭ''، ހުޅުމާލެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ހުޅުމާލެ އިންޖީނުގޭގެ ދެޖަނަރޭޓަރު ވަނީ ހަލާކުވެފައެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އިތުރު ޖަނެރޭޓަރެއް ގެންދިޔައެވެ.
އެރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ "ނިދަން ޖައްސާލިތަނުން އިރުކޮޅެއް ނުވެ، ކަރަންޓު ގޮސް އައީ ދެގަޑިއިރެއްހާއިރު ފަހުން" ކަމަށާއި މިރޭ ދަންވަރު ވެސް އެކި ގަޑިތަކުގައި ކަރަންޓު ދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ސްޓެއްލްކޯގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއްނުވެ އެވެ.
ހުޅުމާލެ ބައެއް ރައްޔިތުން ކަނު އަނދިރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ