ޔާމީން ސަރުކާރުގައި އަޅަން ހަވާލުކުރި ސްޓެލްކޯ ޕަވާހައުސްއަކީ ކަރަންޓުގެ ހައްލު: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓެލްކޯއަށް ޕަވާހައުސް އަޅަން ހަވާލު ކުރި މަސައްކަތަކީ މާލޭގައި ކަރަންތަށް އޮތް ހައްލެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، ބްރިޖް ހުރަސްކޮށް މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމުގެ މަޝްރޫއަކީ މީގެ ތިން އަހަރު ކުރިން ފައްޓާފައިވާ މަޝްރޫއެއް ކަމަށެވެ. ހަމައެއާއެކު މާލެ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް 2018 ވަނަ އަހަރުގައި ދީފައިވާ ބިމުގައި ޕަވާ ހައުސް ގާއިމް ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާލުވިއެވެ. މި ދެ މަސައްކަތަކީ މައްސަލަތަކަށް ދާއިމީ ހައްލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުނު ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން މިހެން ބުނެ ޓްވީޓެއް ކޮށްފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރެވެ. ކަރަންޓުގެ ހިދުމަތް ލިބިފައި ވަނީ މެންދުރު 12:40 ހާއިރެވެ.
ކަރަންޓް ނެތި ގިނަ އިރުތަކެއް ވުމާއެކު ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫ އަރާފައެވެ. އަދި ކަރަންޓް ދީދީފައި ކަނޑާތީ، ގިނަ ގޭގޭގައި ހިފާ ގެންގުޅޭ ކަރަންޓް އާލާތްތަކާއި، ލިފްޓް، ޓީވީ، ފްރިޖް ފަދަ އެއްޗެއްސައް މައްސަލަ ދިމާވަމުން ދާ ކަމަށް ވެސް ދަނީ މައުލޫމާތު ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ