ގާސިމް ރާއްޖެ ވަޑައިގެންފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެވަޑައިގެންފި އެވެ.
ގާސިމް ރާއްޖެ ވަޑައިގެންފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމް ރާއްޖެ ވަޑައިގެންނެވީ މިއަދު 9:30 ހާއިރު އެވެ. ރާއްޖެ ވަޑައިގެންނެވީ ޖަރުމަނުގައި ހުންނެވުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ގާސިމް، އެންބުރި ރާއްޖެ ވަޑައިގެންފައިވާއިރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނު ވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ