ސާކް ފިލްމު ފެސްޓިވަލް 2018 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސާކް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލައިފިއެވެ.
"ސާކް ފިލްމު ފެސްޓިވަލް 2018" ގައި ރާއްޖޭގެ ފިލްމްތައް ބައިވެރިކުރުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލައިފައި ވާއިރު، ރާއްޖެއިން ބައިވެރިކުރެވޭނީ 02 ކުރު ފިލްމާއި 02 ފީޗަރ ފިލްމެވެ.
މި އަހަރު، ސާކް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 22 އިން 27 އަށް ސްރީލަންކާގައެވެ.
މިފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައި ވަނީ، މިމަހުގެ 18 ވަނަދުވަހުގެ ނިޔަލަށެވެ.
އެގޮތުން މިދިޔަ އަހަރުވެސް ރާއްޖެއިން މި ފެސްޓިވަލް ގައި ބައިވެރިވެފައި ވާއިރު، ރާއްޖޭގެ ފަރާތުން މިފެސްޓިވަލްގައި ބައިވެރިވި، ބަޠަލާ ޢާއިޝަތު ރިޝްމީއަށް ވަނީ ބެސްޓް އެކްޓްރަސް އެވޯޑު ވެސް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ