މިއީ ދުރާލާ ރާވައިގެން އަނިޔާވެރިކަން އިސްކޮށްގެން ކުރާ މުޒާހަރާއެއް: ޑރ. މުއިއްޒު

އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުންދާ މުޒާހަރާއަކީ ދުރާލައި ރާވައިގެން އަނިޔާވެރިކަން އިސްކޮށްގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަންޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މުޒާހަރާ ކުރަމުން ދަނީ އެއްގޮތަކަށް ވެސް ސުލްހަވެރިކޮށް ޚިޔާލު ފާޅުކުރުމުގެ ވިސްނުމުގައި ކުރާ ގޮތަކަށް ނޫން ކަމަށެވެ. "...ވަކި ވަގުތެއް، ވަކި އިރުކޮޅެއް ވަންދެން ވަރަށް މަޑުމަޑުން ގެންގޮސްފައި ވަކި ހިސާބަކުން ދެން ، އިސްކޮށް ހުންނެވި އަދާލަތު ޕާޓީގެ ރައީސް އަދި ބައެއް އެހެން ބޭފުޅުން ވަރަށް އަނިޔާވެރިކަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކަވައި އެހިސާބަށް މުޅިން ބަދަލުވެގެން މިދިޔައީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ކުރީގައި ވެސް އެބޭފުޅުން ޕްލޭން ކޮށްފައި އޮތް ގޮތަށޭ މިކަން މިދިޔައީ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ މުޒާހަރާކުރި މީހުން ފުލުހުންނަށާއި ސިފައިންނަށް ގަސްދުގައި އަނިޔާކުރި ކުރުން ކުށްވެރިކުރައްވާ ކަމަށާއި. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.. މިއަދު ހިނގި ކަންތައްތައް ބަލައި އެކަންތައްތައް ކުރި މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުގެ ރޭވުންތައް ކާމިޔާބު ނުވާނެ ކަމަށާއި ގައުމަށް ބަޣާވާތެއް ގެންނަން މމީގެކުރުން ކުރި ކުރި މަސައްކަތް ވަނީ ބާތިލުވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. "...މިފަރާތްތަކުން ގައުމަށް ބަޣާވާތެއް ގެންނަން ކުރި މަސައްކަތް މިވަނީ ބާތިލުވެފައި ﷲ އިރާދަކުރެއްވީތީ. އަދި އެފަރާތްތައް ބޮޑުވެގެންވާ ފަލީހަތަކުން ފަލީހަތްވެގެން މިވަނީ ގޮސްފައި،" އޭނާ ވިދާޅުވިއެވެ. ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ވެރިކަމަކީ ވަރަށް ސާބިތުކަމާއި ރޭވުންތެރިކަމާއި އެކު ކުރިއަށްދާ ވެރިކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. "...މިގައުމުގެ ވެރިކަމަކީ ވަރަށް ސާބިތުކަމާއި އެކީގައި އޮތް ވެރިކަމެއް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ގައްޔޫމު ހުންނެވީ ވަރަށް ސާބިތުކަން މަތީގައި،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ