ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚަބުގައި ފޭދޫ ދާއިރާއަށޤ ކުރިމަތިލާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނިހާދުގެ ކެންޑިޑަސީ ބާޓިލް ކުރެވޭނެ އެއްވެސް ތަނެއް ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މުހައްމަދު ނިހާދުގެ ކެންޑިޑަސީ ބާޠިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅީ، އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވި، ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ އެވެ. މި މައްސަލަ އޭނާ ހުށަހެޅީ، ޕްރައިމަރީގެ އަސާސީ ޤަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
އަލްހާންގެ މައްސަލަ ހުށަހެޅުމުން، އެމްޑީޕީއިން ވަނީ، އެ މައްސަލަ އަލްހާން ކޯޓަށް ހުށަހެޅީ އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީއާ މަޝްވަރާ ނުކޮށް ކަމަށް ބުނެ އިޖްރާޢީ މައްސަލައެއް ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ބުނުމުން، އެމްޑީޕީއިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާޢީދު ކޮށްފަ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި މުހައްމަދު ނިހާދަށް 316 ވޯޓް ލިބިވަޑައިގެންނެވި އިރުގައި، އަލްހާންއަށް ލިބިވަޑައިގެންފާ ވަނީ 154 ވޯޓެވެ.
އެމްޑިޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީގައި ހަރަކާތްތެރިވި އޮފިޝަލުން ތައްޔާރުކުރި ރިޕޯޓްގައި ވެސް ބުނެފައިވަނީ، އެ ދާއިރާގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެފަ އެވެ.
ފޭދޫ ދާއިރާގައި ނާކާމިޔާބުވި އެމްޑީޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާއަށް އަމިއްލަ ހައިސިއްޔަތުން ކުރިމަތި ލައްވާފަ އެވެ.
ފޭދޫ ދާއިރާގެ ކެންޑިޑޭޓް ނިހާދުގެ ކެންޑިޑަސީ ބާޠިލް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ