ވަގަށް ނަގާފައި ކަމަށް ބެލެވޭ ކަރަންޓު ކީހެއް ނުއަގުގައި ވިއްކަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ކީހެއް ނުއަގުގައި ވިއްކަން އުޅުނުމީހަކު މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މީރުބަހުރު ބަނދަރުގައި ހުރި މީހަކު ނުއަގުގައި ކަރަންޓް ކީހެއް ވިއްކަން މަސައްކަތްކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ 22:55 ހާއިރު މީރުބަހުރު ބަނދަރުގައި އޮތް ބޯޓެއް ދިރުނބާކޮޅުގައި ފިލާ އޮއްވައި ކަމަށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ކީސް ފެނިފައިވަނީ މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ މީހާ ފިލާއޮތް ބޯޓު ބަލައިފާސްކުރިއިރު އެބޯޓު ތެރޭގައި ފޮރުވާފައި ވަނިކޮށް ކަމަށާއި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ