ފ. ނިލަންދޫގެ އިންޖީނުގެ ފެނަކަ ކުންފުންޏާ ހަވާލުކުރުމުގެ ބަދަލުގައި ރައްޔިތުން އެތަން ހިންގުމަށް ނިލަންދޫ ރައްޔިތުން ނިންމައިފި އެވެ.
ނިލަންދޫ ރައްޔިތުން ހުކުރު ދުވަހު އެގޮތަށް ނިންމީ އެރަށު އިންޖީނުގެ ފެނަކައާއި ހަވާލުކުރުމަށް ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުމުން ރަށު ކައުންސިލް މެދުވެެރިކޮށް ރައްޔިތުންގެ މެދުގައި ނެގި ވޯޓުގެ އަގުލަބިއްޔަތުން އިންޖީނުގެ ރައްޔިތުން ހިންގާ ގޮތަށް ފާސްވުމުންނެވެ. ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓަކަށް އެހީ ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅުމާއި ގުޅިގެންނެވެ.
އިންޖީނުގެއާ މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނެގުނު ވޯޓުގައި އެރަށުގެ 18 އަހަރުން މަތީގެ 337 މީހަކު ބައިވެރިވި އެވެ. ރައްޔިތުން އިންޖީނުގެ ހިންގަން ތާއީދުކޮށް 316 މީހަކު ވޯޓް ދީފައިވާއިރު އިންޖީނުގެ ފެނަކައާއި ހަވާލުކުރުމަށް ތާއީދުކޮށް ވޯޓް ދިނީ 14 މީހުންނެވެ. ހަތް ވޯޓެއް ވަނީ ބާތިލްވެފަ އެވެ.
ނިލަންދޫގައި 2000 މީހުންގެ އާބާދީ އޮންނައިރު 1995 ވަނަ އަހަރުން ފެށިގެން އެރަށު އިންޖީނުގެ ހިންގަމުން އަންނަނީ ވެސް ރައްޔިތުންގެ ނަމުގަ އެވެ.
ފ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ނިލަންދޫއަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ލިބޭއިރު ހިދުމަތް ދިނުމަށް މިވަގުތު ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ.
ނިލަންދޫ އިންޖީނުގެ ފެނަކައާ ހަވާލުކުރަން ރައްޔިތުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ