ޔާމީން ޖަލަށްލީ އިންސާފުން ނޫންކަމަށް މައުމޫންވެސް އެއްބަސްވާނެ: ޢައްސާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ އިންސާފުން ނޫން ކަމަށް ހުދު ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް މައުމޫންގެ ދަރިކަލުން އަދި ޔާމީނަށް ބޭބެ ވިދާޅުވީ ޢައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.
ވައްޑެ ވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައިވާނަމަ ރައީސް މައުމޫންވެސް އަދި ޢައްސާންގެ ބޭބޭފުޅު ފާރިސް މައުމޫންވެސް އެގޮތަށް ވިދާޅުވާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ.ވައްޑެގެ އެ ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އަދި ޓީވީ ޝޯއެއްގައި އެކަމުގެ ތަފްސީލް އޭނާ ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވެ އެ ވީޑިއޯ ވަނީ ހިއްސާކުރައްވާފައެވެ.
ވައްޑެ ވަނީ ވީޑިއޯ "ކުރު ފިލްމެއްވަރު ވާތީ" އަދި އެއްކޮށް ބަލައި ނުލެވޭ ކަމަށް ވިދާޅުވެ ޣައްސާނަށް ރިޕްލައި ކުރައްވާފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.
ޢައްސާން ވިދާޅުވީ ވައްޑެ ވިދާޅުވި ކަންކަން މިހާރުވެސް ދާދި ކައިރިން ފެންނަ ކަހަލަ ކަމަށާއި އެގޮތުން މިހާރު އޮތް ސަރުކާރު ކޯލިޝަން މުގުރުމުން ކަންތައްތައް ފެންނަން ފަށާނެ ކަމަށެވެ.
އެވާހަކައަށް ރައްދު ދެއްވައި ވައްޑެ ވިދާޅުވީ އާއިލީ ގުޅުންތަކާއި ރަހުމާއި ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ފާހަގަ ކުރެއްވީތީ ޝުކުރުވެރިވާ ކަމަށެވެ.
Izzaitheri member thi faahaga kurevvi nukuthaa thakuge ikhlaastherikamaamedhu shakkeh nukuran. Thi suvaal thakuge javaabthah mi video ballavaalevveema libivadaigannavvaane. Raees Yameen jalahlevunee siyaasee nufoozun.https://t.co/EiIiXAWwPT https://t.co/8muwROTjGh— Mohamed Ghassan Maumoon (@mgmaumoon) May 31, 2020
ޢައްސާން ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަންއަކީ ތެލާ ފެނުގެ ގުޅުމެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީނަކީ ލެޔާ ލޭގެ ގުޅުމެއް ކަމަށެވެ. އެ ގުޅުން މާ ބަދަހިވާނެ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
ޣައްސާންގެ މި ވާހަކަތަކާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅާއި އަމިއްލަ ބޭބެއަށް ނެތް ލޯތްބެއް، ޖަލު ގައިދީއަކަށް ހުރުމަކީ ކޮންމެވެސް އެހެން ލޯތްބެއް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ނިހާދަށް ރައްދުދެއްވާ ޣައްސާން ވަނީ އެއީ ކޮން ލޯތްބެއްކަން ތަފްސީލް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދާދިފަހުން ފޭދޫގައި ފެންބޮޑުވިއިރު ވެސް ނިހާދުގެ އެހީއެއް ދާއިރާގެ ރައްޔިތުންނަށް ލިބިފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވަނީ ވިއްސާރަވެ ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހުމުން ޓްވީޓަކުން ފުއްދާލާ ކަހަލަ ލޯބިތޯ ނިހާދު ކުރެން ސުވާލު ކުރައްވާފައެވެ.
ޣައްސާންގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ނިހާދު ވިދާޅުވީ ދުނިޔަވީ އެދުމަށް ފެންބޮވައިގެންފައިވާ މިންވަރު ހާމަވާ ކަމަށާއި ގައިދީ އަކު މިނިވަން ކުރުމަކީ މަޖިލިސް އަދި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެނޭ ކިޔާފައި 800 އަށް ވުރެން ގިނަ އާއިލާ އާއި ގުޅިފައިވާ މައްސަލަ ކުރިއަށްދިޔަ ނުދީ ހިފެހެއްޓުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ ކަމުގެ ހެއްކެއް." ނިހާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ