މޫސުން ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އުތުރަށް އޮރެންޖު އެލާޓު ނެރެފިއެވެ.އޮރެންޖް އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ނ އަތޮޅާ ހަމައަށެވެ.މޫސުމާއި ބެހޭ އިދާރާއިން ނެރުނު މި އެލާޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި ގުގުރައި ފެން ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލާޓުގެ މުއްދަތަކީ މިރޭ 18:30 އިން 20:00 އަށެވެ. މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. ވައިޖެހޭނީ 8 މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައު  ހުޅަނގު އަދި ހުޅަނގު-ދެކުނުން ކަމަަށެވެ. ވިލާގަނޑުގައި 45 މޭލަށް ވައިބާރުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ