ޖަނާޒާއަށް ގޮސް ޖަލަށް އެނބުރި ދާ ގޮތަށް ނުދާނެ ކަމަށް ޔާމީން ބުނި: އިމްރާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެގެން ބޭއްވި ޖަނާޒާއަށް ރައީސް ޔާމީނު ވަޑައި ނުގެންނެވީ، އެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްﷲ ވިދާޅުވެއްޖެއެެވެ.
"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިހާރު ދެކެވެމުން ދާ ވާހަކަ ތަކާ ގުޅިގެން އެވާހަކަތައް ހާމަކޮށްދެއްވަން ބޭނުންވެވަައިގަންނަވާ ކަމަށާއި، އެގޮތުން އެ ހާދިސާ ހިނގައި ދިޔައީ މީހުން އެވާހަކަ ދައްކާ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، އެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ވާހަކަ، އިމްރާން އަށް އެނގިވަޑައިގަތީ އޭނާ ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށާއި ނަމަވެސް އެ ބައްދަލުވުން އެހާ ހިސާަބަށް މެދުކަނޑާލެއްވުމަށް ފަހު، ރައީސް ޔާމީން ގެނައުމުގެ ކަންކަން އިންތިޒާމް ކުރުމަށް ކަރެކްޝަންގެ މުވައްޒަފުންނަށް އެންގެވި ކަމަށެވެ. އަދި ކަރެކްޝަނުން ލޯންޗާއި ކަންކަން އިންތިޒާމް ކޮށް ރައީސް ޔާމިނުގެ އިންތިޒާރުގައި އެތައް އިރަކު ތިބި ކަމަށާއި ރައީސް ޔަމީން ފަހުން އެންގެވީ އެ ޖަނާޒާއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.
"ޖަލަށް އެނބުރި ދާ ގޮތަކަށް އެ ޖަނާޒާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވި، އަދި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި"
އިމްރާން އިތުރަށް ވިދާޅުވީ، އެކަން ހިނގާ ދިޔަ ގޮށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށްވެސް އެނގޭނެ ކަމަށާއި، ޖަނާޒާއާއި ރައީސް ޔާމީނާ ގުޅުވައިގެން ދައްކަނީ ރަނގަޅުވާހަކަ ނޫން ކަމަށެވެ. އަދި އެކަމުގައި އާއިލާގެ ފަރާތްޕުޅުންވެސް އެދިވަޑައިގަތީ ރައީސް ޔާމީން މިނިވަން ކުރަން ނޫން ކަމަށާއި އެދި ވަޑައިގަތީ ޖަނާޒާއަށް ޔާމީން ގެނެސްދެއްވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ